ހައްޔަރުކުރި މީހެއްގެ ފައިވާނުގެ ތެރެއިން މަސްތުވާތަކެއްޗާއި ދުންފަތާއި ދެ ބެޓެރީ ފެނިއްޖެ

މަސްތުގެ ހާލަތުގައި ހުރިކަމަށް ތުޙުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ ފައިވާނުގެ ތެރޭގައި މަސްތުވާތަކެއްޗާއި ދުންފަތް ތަކެއްގެ އިތުރުން ފޯނު ބެޓެރިތަކެއް ރައްކާކޮށްފައި ހ...

04 Jun 2015 | 06:55

މަސްތުގެ ހާލަތުގައި ހުރިކަމަށް ތުޙުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ ފައިވާނުގެ ތެރޭގައި މަސްތުވާތަކެއްޗާއި ދުންފަތް ތަކެއްގެ އިތުރުން ފޯނު ބެޓެރިތަކެއް ރައްކާކޮށްފައި ހުއްޓާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާގެ ޢަމަލުތައް ހުރި ގޮތުން މަސްތުޙާލަތުގައި ހުރި ކަމަށް ތުޙުމަތު ކުރެވިގެން ބާ ޖަމާލުއްދީން ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އިއްޔެ ހަވީރު 17:00 ހާއިރު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ގަލޮޅު ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ކަމަށްވެސް ފުލުހުން ބުނެއެވެ.

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިން ކޮޅަކާއި ދުންފަތް ތަކެއްގެ އިތުރުން މޯބައިލް ފޯނުގެ ދެ ބެޓެރި ފެނިފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މާލެ ކަސްޓޯޑިއަލްގެ އެރެސްޓް ސްޓޭޝަނުން އޭނާގެ ހަށިގަނޑާއި ގެންގުޅޭތަކެތި ބަލައިފާސްކުރިއިރު ފައިވާނުގެ ތެރޭގައި ރައްކާކޮށްފައިވަނިކޮށް ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ތަފާތު އެކި ކަންކަމާއި ގުޅިގެން 110 ފަހަރު ހުއްޓުވައި ސުވާލުކޮށް 22 ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަަށް ގެނެސް 12 ފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ 06 މައްސަލައެއްގެ ތަޙުޤީޤު ނިންމައި ދަޢުވާ ކުރުމަށް ފޮނުވާފައިވާއިރު އޭނާ އަކީ ވައްކަމާއި މަސްތުވާތަކެތީގެ ގިނަ އަދަދެއްގެ މައްސަލަތަކުގެ ރެކޯޑާއި މާރާމާރީ މައްސަލަތަކުގެ ރެކޯޑު އޮންނަ މީހެއް ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް