އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އިން "ގިނިފެސްޓް 2015" ގެ ނަމުގައި ހަވީރެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ސިފައިން ބުނީ މާދަމާ (ހުކުރު ދުވަހުގެ) ހަވީރު 1600 ގައި އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަވީރުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން އާންމުން ހޭލުންތެރިކުރުމަށް މަޢުލޫމާތުދިނުމާއި، ކުޑަކުދިންނަށް އަމާޒުކޮށްގެން ކުޅިވަރުގެ ޙަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށެވެ.
މީގެއިތުރުން، މާދަމާ ރޭ 2100 ގައި ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހުށަހަޅައިދޭ އެކްސް ޑްރިލްއަކާއި ފަޔަރ ޑާންސް އަދި ވޯޓަރ ޑިސްޕްލޭއެއް އާންމުންނަށް ދައްކާލުން އާޓިފިޝަލް ބީޗް ސަރަޙައްދުގައި އޮންނާނެ ކަމަށާއި މާދަމާ ބާއްވާ ހަވީރަކީ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޚިދުމަތަށް 25 އަހަރު ފުރޭ ރިހިޔޫބީލުގެ މުނާޞަބަތު ފާހަގަކުރުމަށް ހިންގޭ ޚާއްޞަ ޙަރަކާތެއް ކަމަށްވެސް ސިފައިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް