އިސްލާހީ މަސައްކަތް ކުރާ އެންމެން ޖަލަށް ލިޔަސް ހުޅުކޮޅެއް ނުނިވޭނެ

އިސްލާހަށް މަސަައްކަތް ކުރާ އެންމެން ޖަލަށްލިޔަސް ސަރުކާރުގެ "އަނިޔާ" ނުހުއްޓަނީސް އިސްލާހީ ހަރަކާތުގެ ހުޅުކޮޅު ނުނިވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ. ...

04 Jun 2015 | 06:25

އިސްލާހަށް މަސަައްކަތް ކުރާ އެންމެން ޖަލަށްލިޔަސް ސަރުކާރުގެ "އަނިޔާ" ނުހުއްޓަނީސް އިސްލާހީ ހަރަކާތުގެ ހުޅުކޮޅު ނުނިވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

ދައުލަތުން ޓެރަރިޒަމްގެ ދައިވާ އުފުލާފައިވާ އަމީން ރާއްޖެއިން ބޭރުގައި ހުންނަވައި ސަރުކާރަށް ފާޑުވުދާޅުވެ ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅަށް ކުރައްވާ މަސައްކަތް ހުއްޓައިނުލައްވާނެ ކަަމަށެވެ. އަދި ތިން ބާރުގެ ނާޖާއިޒު ފައިދާ ސަރުކާރުން ނަގައިގެން ލާފައިވާ އަނިޔާގެ މޫތައް، ދިވެހި ދަރިން މުލުން ލުހެލާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"ތިން ބާރުގެ ނާޖާއިޒު ފައިދާ ސަރުކާޜުން ނަގައިގެން ލާފައިވާ އަނިޔާގެ މޫތަށް ދިވެހި ގައުމީ ދަރިން އިރާދަފުޅާއެކު މުލުން ލުހެލާނަން،" އަމީން ވިދާޅުވެފައިވެ އެވެ.

https://twitter.com/ameenmaldives/status/605840937722351616

https://twitter.com/ameenmaldives/status/605843234313469952

އަމީންގެ މައްޗަށް ފުލުހުން ކުރި ތުހުމަތުތަކުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީނަށާއި ސަރުކާރުގެ އެކި ފަރާތްތަކަށް ބިރުދައްކައި އަނިޔާވެރި އަމަލުތައް ހިންގުމަށް ހިތްވަރުދޭ ގޮތަށް މުޒާހަރާތަކުގައި ވާހަކަދެއްކެވުން ހިމެނެ އެވެ. އަދި އެ މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކަކީ އެ ބޭފުޅުން ދެއްކެވި ވާހަކަތަކުގެ ނަތީޖާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

އަދާލަތު ޕާޓީން އިސް ނަގައިގެން ބޭއްވި އެ މުޒާހަރާއާ ގުޅިގެން، އަމީނާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ސޮބާހް ރަޝީދު ވެސް ބަންދުކޮށް ތަހުގީގު ހިންގުމަށް ފަހު، އެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން ޕީޖީގައި އެދުނެވެ. އެކަމަކު، އަލީ ވަހީދުގެ މައްސަލައާ މެދު ޕީޖީން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ޓެރަރިޒަމްގެ ދައުވާ އުފުލައި އިމްރާން ހައްޔަރުކޮށް އޭނާގެ ޝަރީއަތް މިހާރު ފަށާފައިވާ އިރު ސޮބާހް ވަނީ ރާއްޖެ އިން ބޭރަށް ވަޑައިގެންފަ ބޭރު ގައުމެއްގެ ހިމާޔަތް ހޯއްދަވައިފަ އެވެ. ނަމަވެސް އެއީ ކޮން ގައުމެއް ކަމެއް އަދި ނޭނގެ އެވެ. އަދި އަމީން ހުންނެވީ ކޮން ގައުމެއްގައި ކަމެއްވެސް ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް