މީހުން ގޮވައިގެން ދަރުކުރަމުންދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ

މޫސުން ގޯސްވެ ކަނޑުގަދަ ވުމުގެ ސަބަބުން މީހުން ގޮވައިގެން ދަތުރު ކުރަމުން ދިޔަ ދޯންޏެއް ރ. ދުވާފަރު ކައިރިއަށް އަޑިއަށް ގޮސްފި އެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު ވިދ...

04 Jun 2015 | 05:42

މޫސުން ގޯސްވެ ކަނޑުގަދަ ވުމުގެ ސަބަބުން މީހުން ގޮވައިގެން ދަތުރު ކުރަމުން ދިޔަ ދޯންޏެއް ރ. ދުވާފަރު ކައިރިއަށް އަޑިއަށް ގޮސްފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު ވިދާޅުވީ އެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވާ ކަމަށެވެ. އަދި މައުލޫމާތު ލިބިފައިވާގޮތުގައި އެ ދޯނިން ދަތުރު ކުރި މީޙުން މިހާރު ޑިންގީއަކަށް އަރާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހާދިސާގެ އިތުރުން މާލެ އަތޮޅު ޒިޔާރަތްފުށި ކައިރިން ދޯންޏެއް އަޑިއަށް ދާކަމުގެ މައުލޫމާތު ލިބިފައިވާތީ އެމްއެންޑީއެފުން ހަރަކާތްތެރިވަމުންދާކަމަށެވެ.

(ތަފްސީލް އަންނަނީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް