ކޮތަރު ގެންގުޅެ އާލާކުރުން އައިއެސްއިން މަނާކޮށްފި!

ކޮތަރު ގެންގުޅުމާއި އާލާކުރުން އައިއެސް ޖަމާއަތުން މަނާކޮށްފައިވާކަމަށް ހުޅަނގުގެ މީޑީއާތަކުން ބުނެފި އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އައިއެސްއިން ވަނީ މިކަން މަނާކޮށް އިރާގާއި ސީރިޔާގައި އިއުލާނެއ...

04 Jun 2015 | 04:48

ކޮތަރު ގެންގުޅުމާއި އާލާކުރުން އައިއެސް ޖަމާއަތުން މަނާކޮށްފައިވާކަމަށް ހުޅަނގުގެ މީޑީއާތަކުން ބުނެފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އައިއެސްއިން ވަނީ މިކަން މަނާކޮށް އިރާގާއި ސީރިޔާގައި އިއުލާނެއް ނެރެފަ އެވެ. އަދި އެ އިއުލާނުގައިވާގޮތުން ކޮތަރު އާލާކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށާއި އެކަން ކުރާ ފަރާތްތައް ރަޖަމު ކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ. ކޮތަރު ގެންގުޅެ އާލާކުރުން މަނާކުރީ ކޮތަރު ގެންގުޅޭ އިރު ކޮތަރުގެ ޖިންސީ ގުނަވަނުގައި އަތް ޖެހޭނެތީ ކަމަށާއި އެއްވެސް ޖަނަވާރެއްގެ ޖިންސީ ގުނަވަނެއްގައި އަތް ޖެހުމަކީ އިސްލާމުންނަށް މަނާކަމަކަށް ވާތީ ކަމަށްވެސް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.

އެ ރިޕޯޓްތައް ބުނާގޮތުން އައިއެސްއިންވަނީ ކޮތަރު ގެންގުޅެ އާލާކުރާ ފަރާތްތަކަށް އެކަން ހުއްޓާލުމަށް އެއް ހަފްތާގެ މުހުލަތެއް ދީފަ އެވެ.

އައިއެސްއިން މިފަދަ އިއުލާނެއް ނެރެފައިވާއިރު ކޮތަރު އޮޅުކޮށްގެން ގެންގުޅުނު 15 ފިރިހެން ކުއްޖެއްގެ ތެރެއިން ތިން ކުއްޖަކު މިދިޔަ ޖެނުއަރީ މަހު މަރާލި ކަމަށާއި ބާކީ ތިބި ކުދިން ދޫކޮށްލީ ކޮންމެ ކުއްޖަކަށް 1800 ޑޮލަރު އެކުދިންގެ އާއިލާއިން ދެއްކުމުން ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް