އަނެއްކާވެސް ގާޒާއިން ހަމަލާދީފި ކަމަށް އިޒްރޭލުން ބުނެފި

ގާޒާއިން ރޭގެ ވަގުތެއްގައި އިޒްރޭލަށް އަމާޒުކޮށް ތިން ރޮކެޓް ހަމަލާ ދީފައިވާކަމަށް އިޒްރޭލު ފުލުހުން ބުނެފި އެވެ. އިޒްރޭލުގެ އުތުރު ބޯޑަރު ސަރަހައްދަށް ރޮކެޓް ހަމަލާތައް އަމާޒުވެފައިވާކަމަށް އިޒްރޭލުނ...

04 Jun 2015 | 04:22

ގާޒާއިން ރޭގެ ވަގުތެއްގައި އިޒްރޭލަށް އަމާޒުކޮށް ތިން ރޮކެޓް ހަމަލާ ދީފައިވާކަމަށް އިޒްރޭލު ފުލުހުން ބުނެފި އެވެ.

އިޒްރޭލުގެ އުތުރު ބޯޑަރު ސަރަހައްދަށް ރޮކެޓް ހަމަލާތައް އަމާޒުވެފައިވާކަމަށް އިޒްރޭލުން ބުނާއިރު އެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް އިޒްރޭލުން ހާމަކުރެ އެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިންވެސް ގާޒާއިން އިޒްރޭލަށް ރޮކެޓް ހަމަލާއެއް ދިންކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ. އަދި އެ ހަމަލާގެ ބަދަލުގައި ކަމަށްބުނެ ޖެހިގެން އައިދުވަހު އިޒްރޭލުންވަނީ ވައިގެމަގުން ގާޒާއަށް ހަމަލާތަކެއް ދީފަ އެވެ. އިޒްރޭލުގެ ހަނގުރާމަމަތީ ޖެޓްތަކުން ހަމަލާދީފައިވަނީ ގާޒާ ސިޓީގައި އިސްލާމިކް ޖިހާދު ގްރޫޕުން ހިންގަމުން އަންނަ ޓްރޭނިން ކޭމްޕަކަށެވެ.

މީގެ ކުރިން 50 ދުވަހަށް ދިގުދެމިގެންދިޔަ ހަމަލާތައްވެސް އިޒްރޭލުން ގާޒާއަށް ދީފައިވަނީ ފަލަސްތީނުން އިޒްރޭލަށް ހަމަލާދޭކަމަށް ބުނެ އެވެ.

50 ދުވަހަށް ދެމިގެންދިޔަ އެ ހަމަލާތަކުގައި ފަލަސްތީނުގެ 2200 މީހުން މަރުވި އެވެ. އިޒްރޭލުން މަރުވީ އެންމެ 73 މީހުންނެވެ. ހަމަލާތަކުގެ ގާޒާއަށް ލިބުނު ގެއްލުމުގައި 160000 ގެ ހަލާކުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް