ފުލުހުންގެ އަސާސީ ތަމްރީނު ފުރިހަމަކުރަމުންދިޔަ ރެކްރޫޓަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަކަން ދިވެހި ފުލުހުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިރޭ ފުލުހުން ބުނެފައިވަނީ މިއަދު ފަތިހު 04:21 ހާއިރު ކޯހުގެ ދަރިވަރުންނަށް ވޭކަޕް ކޯލް ދިނުމަށް މުދައްރިބުން ދަރިވަރުންގެ ބެރެކްސް އަށް ވަދެ ދަރިވަރުން ހޭލައްވަމުންދިޔައިރު 34 އަހަރުގެ ފިރިހެން ރެކްރޫޓެއެއް، ގޮވުމުންވެސް ޚަބަރެއްނުވެ ހަރަކާތެއްވެސް ނެތުމުން ފަތިހު 04:27 ހާއިރު ފަރުވާދޭން ފެށި ކަމަށެވެ.
"04:27ގައި އޭނާ މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފަށާފައިވޭ، ޑަކުޓަރުގެ ލަފާގެ މަތުން 04:48ގައި އިތުރު ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވނީ އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މެންދުރު 01:22 ގައި އެއާ އެމްބިއުލާންސްގައި މާލެ ގެނެސް މިހާރު މާލޭގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި މިވަގުތު އެ ރެކްރޫޓަށް ފަރުވާދެމުން އަންނަނީ އައިޖީއެމް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް