ސައިކަލެއް ވަގަށް ނަގައިގެން ދުއްވިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު

ސައިކަލެއް ވަގަށް ނަގައިގެން ދުއްވި ކަމުގެ ތުހުމަތުގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާވަށް / ގްލޯރީ، އަހުމަދު ވިސާން (30އ)...

04 May 2025 | 06:00

ސައިކަލެއް ވަގަށް ނަގައިގެން ދުއްވި ކަމުގެ ތުހުމަތުގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާވަށް / ގްލޯރީ، އަހުމަދު ވިސާން (30އ) އާއި ގދ. ގައްދޫ / ބުލާޝަމްއާގެ، މުޙައްމަދު ޢަޠީފް (48އ) އެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރޭ ފަތިހު ފުލުހުން ޕެޓްރޯލު ކުރަމުން ދިޔައިރު، ފުލުހުން ފެނުމުން އެ މީހުންގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރުމަށްފަހުގައެވެ.

ހުޅުމާލެ ދިއްގާމަގު، ބީޗް ކުލަބު ކައިރިން ސައިކަލެއްގައި ދަނިކޮށް އެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު އެ ސައިކަލަކީ ވަގަށް ނަގައިގެން ދުއްވަމުން ދިޔަ ސައިކަލެއްކަން ތުހުމަތުކުރެވިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް