މާލޭގެ މަގުމައްޗަށް ކުޅުޖެހުމާއި ކުނިބުނި އެޅުން ހުއްޓައިލުމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އެދިލައްވައިފިއެވެ.
އާޒިމް މިކަމަށް ތަކުރާރުކޮށް އެދިލެއްވީ މިއަދު މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރަން ފަށާފައިވާއިރު ސާފުކުރުމުގެ އެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލެއްވުމަށް އެ ސަރަހައްދަށް ޒިޔާރަތްކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
" އަޅުގަޑު އެދެނީ މާލެ ސިޓީގެ އެއްވެސް ތާކަށް އެއްވެސް ބޭފުޅަކު ކުނި ނޭޅުމަށް އަދި މާލެ ސިޓީ ހަޑިވާޒާތުގެ އެއްވެސް ކަމެއް ނުކުރުމަށް. މިސާލަކަށް ކުޅުޖެހުން، ޓިސޫ އެއްލާލުން، ޕެކެޓް، ދަޅުފަދަ ތަކެތި އެއްލާލުން ހުއްޓާލެއްވުން އެދެން." އާޒިމް ވިދާޅުވެފައިވެއެވެ.
https://twitter.com/adamazim/status/1786673689628692839
މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރިއަށްދަނީ މާލޭ ސިޓީ ކައުންސިލާއި ލޯކަލް ގަވަމަންޓް މިނިސްޓްރީއާއި ހައުސިން މިނިސްޓްރީއާއި ވެމްކޯއާއި ފުލުހުންނާއި ޕޯޓްސް ލިމިޓެޑް ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް