ގެނބެމުންދިޔަ ދިވެހި މުވައްޒަފަކު ސަލާމަތްކޮށްދިން ފަތުރުވެރި ދެމަފިރިއަކަށް ފުލުހުންގެ ތައުރީފު

ރާއްޖޭގެ ރިސޯޓެއްކަމުގައިވާ ބ އަތޮޅު ޑުސިޓް ތާނީ ރިސޯޓަށް ހަނީމޫން އަށް އައިސް އުޅުނު ދެމަފިރިން ، ގެނބެމުން ދިޔައި ދިވެހި މުވައްޒަފަކު ސަލާމަތްކޮށްފިއެވެ. އޭޕްރިލް28 ވަނަ ދުވަހު ހިނގި މި ހާދިސާގައި ގ...

04 May 2024 | 10:41

ރާއްޖޭގެ ރިސޯޓެއްކަމުގައިވާ ބ އަތޮޅު ޑުސިޓް ތާނީ ރިސޯޓަށް ހަނީމޫން އަށް އައިސް އުޅުނު ދެމަފިރިން ، ގެނބެމުން ދިޔައި ދިވެހި މުވައްޒަފަކު ސަލާމަތްކޮށްފިއެވެ.

އޭޕްރިލް28 ވަނަ ދުވަހު ހިނގި މި ހާދިސާގައި ގެނބެމުން ދަނިކޮށް ސަލާމަތް ކޮށްފައިވަނީ ދިވެހި އަންހެން މުވައްޒަފެކެވެ.

މި ދިވެހި މުވައްޒަފު މޫދަށް ވެއްޓިފައިވަނީ ރިސޯޓުގެ ވޯޓާ ވިލާމަތިން ކަމަށް ބ އަތޮޅު ފުލުހުން ވަނީ ބުނެފައެވެ. މި މަންޒަރު ފެނިފައިވަނީ އެ ރިސޯޓަށް ހަނީމޫންއަށް ގޮސް އުޅުނު ދެމަފިރިއަކަށްށެވެ.

މި ދެމަފިރިން ވަނީ މަންޒަރު ފެނުމާއި އެކު މުވައްޒަފު ސަލާމަތް ކުރުމަށް ވަގުތުން ހަރަކާތްތެރިވެފައެވެ. މިފަދަ ހާދިސާއެއްގައި ރިސޯޓުން ދެއްވެވި އެއްބާރުލުން ފާހަގަކުރައްވާ ފުލުހުން ވަނީ ރިސޯޓު މެނޭޖްމަންޓަށްވެސް ޝުކުރު އަދާކޮށްފައެވެ.

ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފަރާތުންނާއި ފުލުހުންގެ ފަރާތުން ފުލުހުން ވަނީ މިކަމުގައި އެ މުވައްޒަފު ސަލާމަތްކޮށްދިނުމަށް އެހީވެދިން ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ޖޯޑަން ޑެނިއެލް ވޭން ޑައި އަދި ޑެނިއެލް ޑި ބްރޫއިން ކިޔާ މި ދެފަތުރު ވެރިންގެ ދެއްކި ނަމޫނާ ފާހަގަ ކުރައްވާ ފުލުހުން ވަނީ އަގު ވަޒަން ކުރުމުގެ ގޮތުން ބ އަތޮޅު ޕޮލިސްޓޭޝަންއިން ވަނީ އެ ދެމަފިރިންނަށް ހަނދާނީ ފިލައެއްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް