ޓީޖެޓީ ސަރަހައްދަށް ކުނި އަޅަމުން ދިޔަ ފަރާތެއް ދެނެގަނެ ޖޫރިމަނާ ކުރެވިފައި ވާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން އެކްސްގައި ވަނީ ޖޫރިމަނާ ކުރި ޗިޓު ކޮޅުގެ ފޮޓޯ ހިއްސާ ކޮށްފައެވެ. އެހެން ނަމަވެސް ކުނި އެޅި މީހާގެ މައުލޫމާތުތައް އެ ޗިޓުކޮޅުގައި ވަނީ ފޮރުވާފައެވެ.އަދި އެ ޕޯސްޓުގައި އެސަރަހައްދުގެ ފޮޓޯ ވެސް ހިއްސާކޮށްފައިވެއެވެ.
ސިޓީ ކައުންސިލުން މާލެ ސިޓީއަކީ ސާފު ސިޓީ އަކަށް ހެދުމަށް ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން މަގު މައްޗަށް ކުނި އަޅާ ފަރާތްތައް ދެނެ ގަނެ ޖޫރިމަނާ ކުރާނެ ވާހަކަ މީގެ ކުރިން ސިޓީ ކައުންސިލުން ވަނީ ރައްޔިތުންނަށް އަންގާފައެވެ.
https://twitter.com/MaleCitymv/status/1786634880513867877
މަގުމައްޗަކީ އެންމެންނަށް ވެސް ރައްކާތެރިތަނަކަށް ހެދުމަކީ ހުރިހާ ރައްޔިތުންގެވެސް ފަރުދީ ޒިންމާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް