ރައީސްގެ ވައުދުފުޅާއި އެއްގޮތަށް މީޑިއާ ވިލެޖަށް ހާއްސަކޮށް ހުޅުމާލެއިން ބިމެއް ކަނޑައަޅައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނައިބު، ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އިއްޔެ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ޕީއެސްއެމްގެ އަހަރީ ދުވަހުގެ ޚާއްޞަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ސެމްބެ އިއްޔެ ވިދާޅުވީ ނޫސްވެރިންގެ ހާލަތު ސަރުކާރަށް އެނގޭ ކަމަށާއި ނޫސްވެރިންގެ މައްސަލަތަކަށް ހައްލު ގެނައުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާކަމަށެވެ.
މި ސަރުކާރަކީ ނޫސްވެރިންނާއި ގާތުން މަސައްކަތްކުރާނެ ސަރުކާރެއް ކަމުގައިވެސް ނައިބުރައީސް ސެމްބެ ވިދާޅުވިއެވެ.
މީޑިއާތަކަށް ވިލެޖެއް ގާއިމުކުރުމާއި ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ ވަކި މިންވަރެއް މީޑިއާތަކަށް ޚާއްޞަ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް