ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ޑރ.ޝަހީމް ގެމްބިޔާއަށް ފުރާވަޑައިގެންފިއެވެ.
ޑރ.ޝަހީމް ގެމްބިޔާއަށް ވަޑައިގެންނެވީ ކޮންމެ ތިން އަހަރަކުން އެއް އަހަރު އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ( އޯ.އައި.ސީ) ގެ ފަރާތުން ބާއްވާ އިސްލާމިކް ސަމިޓްގައި ބައިވެވަޑައިގަތުމަށް ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އޯ.އައި.ސީގެ ބޭއްވޭ އިސްލާމިކް ސަމިޓަކީ 15 ވަނަ ސަމިޓެވެ.
މި ސަމިޓުގެ މަގްސަދަކީ، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ކަންތައްތަކާއި ގުޅޭގޮތުން އިސްލާމީ ގައުމުތަކުގެ އިސްވެރިންނާ މަޝްވަރާކޮށް އުންމަތާ ގުޅުންހުރި ކަންކަމުގައި ސިޔާސަތުތައް ކަނޑައަޅައި އިރުޝާދުފުޅު ދެއްވުމެވެ.
އިސްލާމީ އެކި އެކި ގައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާ މި ސަމިޓް ކުރިޔަށް ގެންދިޔުމަށް ކަނޑައެޅިފައިވަނީ ދެ ދުވަހުގެ މުއްދަތަކަށްށެވެ. އެއީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް