ދުވަހުގެ މޫސުން: މެޓުން ބުނަނީ މިއަދުވެސް ބައެއް ރަށްރަށަށް ވިއްސާރަކުރުން އެކަށީގެންވާކަމަށް

މިއަދުގެ މޫސުމަށް ބަލައިލާއިރު އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށާއި އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް މެޓުން ބުނެފިއެވެ. މޯލްޑިވްސް މ...

04 May 2024 | 06:43

މިއަދުގެ މޫސުމަށް ބަލައިލާއިރު އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށާއި އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މެޓްގެ މޫސުމީ މި ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދުވެސް ވިއްސާރަ ނަމަވެސް ކަނޑު އާދައިގެ ވަރަކަށް  މަޑުވާނެއެވެ.

މިއަދުގެ މޫސުމުގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނުންނާއި ހުޅަގުން އެހެން ހިސާބުތަކަށް ހުޅަނގު އުތުރުންނާއި ހުޅަގުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދު ބާރު މިނުގައި ވައި ޖެހޭނެކަމަށް މެޓްއިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް