ހަ ބައި-އިލެކްޝަނެއްގެ ވޯޓުލުން ފެށިގެން ކުރިއަށް

ހަ ރަށެއްގައި ރަށު ކައުންސިލަށް މެންބަރުން އިންތިހާބުކުރުމަށް ބައި-އިލެކްޝަންތަކުގެ ވޯޓުލުން ފެށިގެން ކުރިޔަށް އެބަ ދެއެވެ. ކުރިއަށްދާ ބައި-އިލެކްޝަންތަކަކީ މ.މަޑުއްވަރީ ކައުންސިލްގެ ރައީސް، ހ.އ އުތީމ...

04 May 2024 | 06:35

ހަ ރަށެއްގައި ރަށު ކައުންސިލަށް މެންބަރުން އިންތިހާބުކުރުމަށް ބައި-އިލެކްޝަންތަކުގެ ވޯޓުލުން ފެށިގެން ކުރިޔަށް އެބަ ދެއެވެ.

ކުރިއަށްދާ ބައި-އިލެކްޝަންތަކަކީ މ.މަޑުއްވަރީ ކައުންސިލްގެ ރައީސް، ހ.އ އުތީމު، ނ.ލަންދޫ، ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ. ތަކަންދޫ، ރ. އިންނަމާދޫގެ އަންހެން ކައުންސިލް މެންބަރުން  އިންތިހާބު ކުރުމަށްކުރިއަށްގެންދެވޭ ބައި-އިލެކްޝަންސްތަކެވެ.

މި ބައި-އިލެކްޝަންތަކަށް ވޯޓު ފޮށި ހުޅުވާލާފައިވަނީ މިއަދު ހެނދުނު 8 ޖެހިއިރުއެވެ. ވޯޓުލުމުގެ ސުން ގަޑިއަކީ ހަވީރު 4:00 އެވެ.

މި އިންތިހާބުގައި ވޯޓުލެވޭ މީހުންގެ އަދަދަކީ  5267 މީހުންނެވެ. މި އިންތިހާބުގައި ވޯޓު ލުމަށް ޖުމްލަ 11 ފޮށި ބެހެއްޓިފައިވާ ކަމަށް އިލެކްޝަން އިން ވަނީ ބުނެފައެވެ.

އެގޮތުން މާލެ ސިޓީގައި ތިން ފޮށި ، ނ.ވެލިދޫގައި ތިން ފޮށި ބެހެއްޓިފައި ވާއިރު، ހ.އ ތަކަންދޫ، ހ.އ އުތީމު، ނ.ލަންދޫ ، ރ.އިންނަމާދޫ ، ޅ. މަޑުއްވަރީ ގައިވެސް ވޯޓުފޮށި ބަހައްޓާފައިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް