ރާއްޖޭގެ ބޮޑު ބައެއް ޔެލޯ އެލާޓުގައި، މިރޭ 50 މޭލަށް ވައިގަދަވާނެ

ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް، ޔެލޯ އެލާޓު ނެރެފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށެވެ. އެލާޓު ނެރ...

04 May 2023 | 15:41

ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް، ޔެލޯ އެލާޓު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށެވެ. އެލާޓު ނެރެފައިވަނީ މިރޭ20:30 ން12:30 އަށެވެ.

މެޓުން ލަފާ ކުރާ ގޮތުގައި ގަޑިއަކު25 މޭލާއި30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި50 މޭލަށް ވައި ގަދަވާނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ބުނެ އެވެ.

ޔެލޯ އެލާޓު ނެރެނީ މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެތީ ރައްކާތެރި ފިޔަވަޅު އެޅުމަށް އެންގުމުގެ ގޮތުންނެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް