ސަވާރީ ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި – ނުވަގަޑިއިރު ކަނޑުވެފައި ތިބެންޖެހުނު

"އެމް ސަވާރީ" ބޯޓު ރޭ ދަންވަރު އަޑިއަށްދިޔަ ޙާދިސާގައި ކަނޑުވި ހަ މީހުން އެމްްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގައި މާލެ ގެނެސްފިއެވެ. އެމްއެންޑީއެފުން ބުނީ މިމީހުން ފެނުނީ ކޯސްޓްގާޑުން ކުރިއަށް ގެންދިޔ...

04 May 2023 | 15:31

"އެމް ސަވާރީ" ބޯޓު ރޭ ދަންވަރު އަޑިއަށްދިޔަ ޙާދިސާގައި ކަނޑުވި ހަ މީހުން އެމްްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގައި މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފުން ބުނީ މިމީހުން ފެނުނީ ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވ.ފުލިދޫގެ އިރުމަތިން 26 ނޯޓީކަލް މޭލު ބޭރުން، ކަނޑުވެފައިވަނިކޮށް އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓަށެވެ. މި ހަ މީހުން ކޯސްޓްގާޑް ޝިޕް ޣާޒީއަށް މިއަދު 13:00 ހާއިރު ނަގާފައިވާއިރު، މިއަދު 16:30 ހާއިރު ވަނީ ރައްކާތެރިކަމާއެކު ހުޅުމާލެ ގެނެސްދީފައެވެ.

"އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ ބޯޓުން ދަތުރުކުރި މީހުން ހުޅުމާލޭގައި ހުންނަ ކޯސްޓްގާޑު ޝިޕުތައް ބަނދަރު ކުރާ ސަރަހައްދަށް ގެނެވުމާއެކު އެމީހުންގެ ހާލު އޮޅުންފިލުވާފަ، ހަމައެއާއެކު، އެ މީހުނަށް ޞިއްޙީ އެއްވެސް އިތުރު އެހީތެރިކަމަކަށް ބޭނުންޖެހިދާނެކަމަށް އެމްއެންޑީއެފް މެޑިކަލް ކޯރގެ ޓީމެއްވެސް ވަނީ ހަރަކާތްތެރިވެފަ" އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ބޯޓުން ދަތުރުކުރި މީހުން ގާތްގަނޑަކަށް ނުވަ ގަޑިއިރު ކަނޑުވެފައި ތިބިނަމަވެސް، އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް