ހޯރަފުށީ ހާފްވޭ ހައުސް އިމާރާތް ކުރުމުގެ މަސައްކަތުގެ 50 އިންސައްތަ ނިމިއްޖެ

ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ. މިކަން ހާމަކޮށ...

04 May 2023 | 15:27

ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

މިކަން ހާމަކޮށް އެމްޓީސީސީން މިއަދު ބުނީ ހޯރަފުށީ ހާފްވޭ ހައުސްގެ ރޫފިންގް މަސައްކަތް ވެސް މިހާރު ވަނީ ނިމިފައި ކަމަށެވެ.

އަދި، ސައިޓުގައި މިހާރު ކުރިއަށްދަނީ ސީލިންގ ކުރުމާއި ޕްލާސްޓަރިންގް މަސައްކަތް ކަމަށެވެ.

މި އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 150 ދުވަހުގެ ތެރޭގައި ނިންމާ ހަވާލު ކުރާ ގޮތަށް ޖުމުލަ 5.99 މިލިއަން ރުފިޔާއަށެވެ.

މި އިމާރާތަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނުކުތުމަށް ތައްޔާރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް އެ ކުދިން ބޭތިއްބުމަށް ހަދާ މަރުކަޒެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް