ދިވެހިން މިހާރު ގުނބޯ ނުހެއްދޭނެ ކަމަށާއި އެއަށްވުރެ މާ އެޑްވާންސް ވެއްޖެ ކަމުގައި ބުނެ ހުސެއިން ޝުޖާއު ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރަށް ފާޑު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަން އިއުލާނުކޮށްފައިވާ ޝުޖާއު މިހެން ވިދާޅުވީ ޑރ. މުނައްވަރާއި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު އިސްވެ ބައެއް ޕާޓީތަކާއި ފިކުރުތައް އެކުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް އަމާޒުކޮށެވެ.
ޝުޖާއު ފާހަގަކުރައްވާފައިވާގޮތުގައި މިހާރުގެ އިސްލާހު ޖާޑިއަކީ ފޯޅަވައްސަށް ހަދައިފިކަމަށެވެ. ކުރިން އިސްލާހު ޖާޑިއަކީ އެމްޑީޕީ ކަމަށާއި ބަގާވާތްކޮށްފައި އެމްޑީޕީއަށް އައިމާ އޭރު ގާސީއަކަށް ވެގެންދާކަމަށެވެ.
https://twitter.com/alameershujau/status/1653737509447434240
"ރައީސް މައުމޫން އިރުން ފެށިގެން، ރައީސް ޔާމީންގެ ނިމުމާއި ހަމައަށް ރާއްޖޭގެ ގާނޫނީ ނިޒާމު ގަޑުބަޑުކުރުމުގެ ދެ މޭސްތިރިން މިއަދު ފޯޅަވަހީގެ މައްސަލައިގައި ހަމަ ހުދު ފޮތިކޮޅަކަށްވީތޯ؟" ޝުޖާއު ސުވާލު އުފައްދަވާފައިވެއެވެ.
ޝުޖާއު އިތުރަށް ވިދާޅުވެފައިވަނީ އެއްވެ އުޅުމާއި، ހިޔާލު ފާޅުކުރުންފަދަ އަސާސީ ހައްގުތައް ގާނޫނު އަސާސީން ކަށަވަރުކޮށްފައިވާއިރު އެކަންކަން ގާނޫނޫން ހަނި ކުރީވެސް ހަމަ މި ބޭބޭފުޅުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް