އިންޑިއާގެ ޓީވީ ޓްރާމާތަކާއި ބައެއް ފިލްމުތަކުން އާންމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ގޯހަރް ހާންގެ ބޭބީ ޝަވާ ވަރަށް ތަފާތުކޮށް ބާއްވައިފި އެވެ.
ގޯހަރު ކައިވެނިކޮށްގެން އުޅެނީ ނެށުންތެރިޔާ ޒައިދް ދަރުބާރާއި އެވެ. ދެމީހުން ކައިވެނި ކުރީ ކުލަ ގަދަ ރަސްމިއްޔާތެއްގައި 2020 ވަނަ އަހަރު އެވެ.
ދެމަފިރިންނަށް ދަރިއަކު ލިބެން އުޅޭކަން ގޯހަރު އިންސްޓަގްރާމް މެދުވެރިކޮށް ހާމަ ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ދަރިއަކު ލިބެން އުޅޭތީ އެކަމުގެ އުފަލުގައި ބޭއްވި ބޭބީ ޝަވާގެ ފޮޓޯތައް އޭނާ އިންސްޓަގްރާމްގައި ހިއްސާ ކުރީ އިއްޔެ އެވެ.
ދެފަރާތު އާއިލާ ބައިވެރިވި އެ ހަފްލާގައި ގޯހަރް ހުރީ ބޮޑު މާ ޖެހި ނިވާކަން ބޮޑު ގަޔަށް ދޫ ހެދުމެއް ލައިގެންނެވެ. ޒައިދް ހުރީ ގޯހަރް ހެދުމާއި ގުޅޭގޮތަށް ރޮނގުތަކެއް ދަމާފައި ހުރި ގަމީހެއް ލައިގެންނެވެ.
އެފަދަ އުފާވެރި ހަފްލާއެއް ބޭއްވުނީތީ ގޯހަރް ވަނީ މާތް ﷲ އަށް ހަމްދުކޮށް ޝުކުރުވެރިވާކަން ހާމަކޮށްފައި އެވެ.
https://www.instagram.com/p/CryY6L7ozaA/
ގޯހަރުގެ މި ރީތި ފޮޓޯތަކާއި އެކު ސަޕޯޓަރުން ވަނީ ދެމަފިރިންގެ ދަރިފުޅު އުފަންވާނެ ދުވަހަކަށް އިންތިޒާރު ކުރަމުންދާ ކަމަށް ބުނެ ކޮމެންޓުކޮށްފައި އެވެ. ކައިވެންޏަށް ފަހު އިސްލާމް ދީނަށް ވަރަށް ބޮޑަށް އިސްކަން ދެމުން އަންނަ ދެމަފިރިންގެ ސަޕޯޓަރުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި އެވެ.
އެ ދެމަފިރިން ވަނީ އުމްރާއަށްވެސް ގޮސްފައި އެވެ.
"ބިގް ބޮސް 7" ވެސް ކާމިޔާބު ކުރި ގޯހަރު "ރޮކެޓް ސިންގު: ސޭލްސްމަން އޮފް ދަ އިޔާ" އިން ފެނިފައިވެ އެވެ. މީގެ އިތުރުން "ސޯލްޓް ސިޓީ" ފަދަ ވެބް ސީރީޒްތަކުގައި މަސައްކަތް ކޮށްފައިވެ އެވެ.
ކޮންޓެންޓު ކްރިއޭޓަރެއްގެ ގޮތުގައި މަޝްހޫރު ޒައިދު އަކީ މިއުޒިކް ކޮމްޕޯސަރު އިސްމާއިލް ދަރުބާރުގެ ދަރިއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް