ދުވާފަރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
މިކަން ހާމަކޮށް އެމްޓީސީސީން މިއަދު ބުނީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ދުވާފަރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ދުވާފަރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، 19,797.44 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، 6,003.85 އަކަ މީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފުރިހަމަކޮށްފައިވާަ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.
އެމްޓީސީސީން ބުނީ ދުވާފަރު މަގުގެ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން ހަވާލުކުރި މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެ ކުންފުނިން 2021 ވަނަ އަހަރު ނިންމާލާފައިވާއިރު، މި އަހަރުގެ މާރިޗް މަހު ވަނީ ދުވާފަރުގެ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހިވެސް ނިންމާލާފައި ކަމަށެވެ.
ދުވާފަރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ގެ ދެވަނަ ފިޔަވައްސަކީ 40.20 މިލިއަން ރުފިޔާއަށް ސަރުކާރުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢޫއެކެވެ.
މި މަޝްރޫޢުގެ ދަށުން ދުވާފަރުގެ ހުރިހާ މަގެއްހެން މިހާރު ވަނީ ރަނގަޅު ފެންވަރަށް ތަރައްޤީކޮށް ތާރުއަޅާ ނިންމާފައެވެ. އެހެންކަމުން އެއްގަމު ދަތުރުފަތުރުކުރުމުގަ އާއި އެއްތަނުން އަނެއްތަނަށް މުދަލާއި ތަކެތި އުފުލުމުގައި ގިނަ ފަސޭހަތަކެއް ދުވާފަރުގެ ރައްޔިތުންނަށާއި އަދި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް މިހާރު ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް