މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރު ކުރި އެމް ސަވާރީ ބޯޓުން ދަތުރު ކުރި މީހުން ކަނޑުވެފައި ތިއްބަ ސަލާމަތް ކޮށްފި އެވެ.
އެ ބޯޓު މާލެއިން ފުރީ ރޭ މެންދަމު އެވެ. ބޯޓުގެ އަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓު ކުރީ ހެނދުނު9:06 އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު މެންދުރު ވިދާޅުވީ ބޯޓޫން ދަތުރު ކުރި މީހުން ކަނޑުވެފައި ތިއްބަ ސަލާމަތް ކުރީ އެ އިދާރާއިން ހިންގި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަންގައި ކަނޑުވެފައި ތިބި އެ ބޯޓުން ދަތުރު ކުރި ހަ މީހުން ވަނީ ސަލާމަތް ކޮށްފައި އެވެ.
އެމީހުން ފެނުނު ސަރަހައްދެއް އަދި ހާމައެއް ނުކުރެ އެވެ. އެމީހުން ފެނިފައިވަނީ އެމްއެންޑީއެފްގެ ހެލިކޮޕްޓަރަށެވެ.
ބޯޓުގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވިދާޅުވީ ސަވާރީ ބޯޓު އަޑިއަސް ގޮސްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް