މާލެ އިން ދަތުރު ފެށި މާލެ ދަތުރުކުރާ ބޯޓެއް ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަން ފަށައިފިއެވެ.
ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނީ މިއަދު ބުނީ މާލެ އާއި މ. އަތޮޅާއި ދެމެދު ދަތުރުކުރާ މުދާ އުފުލާ ދޯންޏެއް ކަމަށްވާ ސަވާރީ ނަމަކަށް ކިޔާ ބޯޓުގެ ހަބަރެއް ނުވާ ކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
އަދި ސަވާރީ ބޯޓު ގެއްލިފައިވާ ކަމުގެ މަޢުލޫމާތު ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 9:06 ހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މިހާތަނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓު މާލެ އިން މ. އަތޮޅަށް ފުރާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
ފުލުހުން ބުނީ މިކަމާއި ގުޅޭ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓުގާޑާއި މިހާރު ވާނީ ހިއްސާކޮށްފައި ކަމަށެވެ. ހަމައެހެންމެ އަތޮޅު ތަކުގެ ޕޮލިސް ސްޓޭޝަންތަކާއި މި މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް