ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދަށް މިއަދުގެ ކުރިޔަށް ހުރި ވަގުތުތަކުގައިވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) ން ބުނީ އެ ސަރަހައްދަށް ހެނދުނު7:30 ން މެންދުރު1:30 އަށް ވައިޓް އެލާޓު ނެރެފައިވާ ކަމަށެވެ. ރޭ ފަތިހު4:30 ފެށިގެން އެ ސަރަހައްދަށް އޮތީ ޔެލޯ އެލާޓު ނެރެފައި އެވެ.
މެޓުން ލަފާ ކުރާ ގޮތުގައި މެންދުރާއި ހަމައަށް ގަޑިއަކު22 މޭލާއި27 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާ ކުރެ އެވެ.
ރޭ މެންދަމުން ފެށިގެން މާލެ ސަރަައްދަށް ދަނީ ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހިގައި އެވެ.
މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް