ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދު އޮތީ ކަނޑަ ނާޅާއެކޭ ނުބުނެވޭނެ، އެއީ ހަމަ ބުހުތާނު ދޮގު: ޑރ. މުނައްވަރު

ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދު ކަނޑަނާޅާ އޮތްކަމަށް ނުބުނެވޭނެ ކަމަށާއި އެއީ ހަމަ ބުހުތާނު ދޮގު ކަމުގައި ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ޑރ. މުނައްވަރު މިހެން ވިދާޅުވީ ރާއްޖެ-މޮރިޝަ...

03 May 2023 | 19:16

ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދު ކަނޑަނާޅާ އޮތްކަމަށް ނުބުނެވޭނެ ކަމަށާއި އެއީ ހަމަ ބުހުތާނު ދޮގު ކަމުގައި ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ޑރ. މުނައްވަރު މިހެން ވިދާޅުވީ ރާއްޖެ-މޮރިޝަސް އިން ވަކި ކުރުމުގެ މައްސަލައިގާ ހުރި ކަންބޮޑުވުންތަކާއެކު މުނައްވަރު އިސްވެ ހުންނަވާ ސިޔާސީ ބައެއް ފަރާތްތަކާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިގްތިސާދީ ހާއްސަ ސަރަހައްދު ކަނޑައެޅުމާއި ހަމައަށް ކަންކަން ދިޔަގޮތާއި، އެ މަސައްކަތް ކުރިއަށްގެންދިޔަ ގޮތުގެ ޓައިމްލައިންކަމަށްބުނެ އެކަމާއި ގުޅޭ ގިނަ މައުލޫމާތުތަކެއް މިއަދުގެ ޕްރެސް ކޮންފަރެންސްގައި ޑރ. މުނައްވަރު ހާމަކުރަވަމުން ގެންދެވިއެވެ.

އެގޮތުން އޭނާ ވިދާޅުވީ ގާނޫނޫ އަސާސީ ވުޖޫދުވަމުންދިޔައިރު ރާއްޖޭގެ ވަށައިގެން މިންއަޅަމުންދިޔައީ އާކިޕެލަޖިކް ބޭސް ލައިނުން ކަމަށާއި އެހެން ނަމަވެސް އޭރު އަދި އެއީ ފަރިތަ ބަހަކަށް ނުވާތީ ބޭރު ގައުމުތަކުން އެކަމަށް އިއުތިރާޒު ކުރަމުންދިޔަ ކަމަށެވެ.

އެއަށްފަހު ރޮނގު ދަމަމުންދިޔައިރު ކޮމަންވެލްތުގެ ޓީމެއްވެސް އައިސް ކަންކަން ބަލަމުންދިޔަކަން ފާހަގަކުރައްވަމުން ޑރ. މުނައްވަރު ވިދާޅުވީ ދެކުނުން ބޯޑަރު އަޅާއިރު ފުށުއަރާނެކަމަށް އެބޭފުޅުން ފާހަގަކުރަމުންދިޔަ ކަމަށެވެ.

"އަޅުގަނޑު ދެންނެވިން ގައުމެއް ދައްކަބަލާށޭ ދެކުނުން ފުށު އަރާނެ" ޗާގޮސް އަކީ ގައުމެއް ނޫންކަމަށްވާއިރު އެކަމަށް ނިސްބަތްކޮށް ޑރ. މުނައްވަރު ވިދާޅުވިއެވެ.

އަދި އެއަށްފަހު އެ ރޮނގު އެޅިގެންދިޔައީ ސީދާ އޭނ ބުނިގޮތަށް ބުނި މިނަށް ކަމަށާއި އެއަށްފަހު ގާނޫނުގެ ދަށުން ރައްޖޭގެ ސަރަހައްދީ ކަނޑާއި ރާއްޖޭގެ އެތެރޭގެ ކަނޑާއި ރާއްޖޭގެ ގުޅިފައިވާ ކަނޑުގެ އިތުރުން ރާއްޖޭގެ ސަރައްދީ ކަނޑުވެސް ކަނޑައެޅި އދ އަށް ހުށަހެޅިގެންދިޔަކަމުގައި ޑރ. މުނައްވަރު ވިދާޅުވިއެވެ.

މި މައްސަލައިގާ އިކުއިޑިސްޓެންސް އުސޫލުން އެހެން ނަމަވެސް ކުޑަ މިންވަރެއް އިތުރަށް ރާއްޖެއަށް ލިބޭހެން އިޓްލޮސް އިން ޓްރައިބިއުނަލްގައި އިން ވަކިކުރަން ނިންމާފައިވާއިރު ސަރުކާރުން ބުނެފައިވަނީ މީގެ ކުރީގައި އިމެއް ނެތް ކަމަށެވެ. އިން ކަނޑައެޅިގެން މި ދިޔައީ އަދި ކިރިޔާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް