ހުޅުމާލޭ ދެ ސަރަހައްދެއްގައި މާރާމާރީ ހިންގައިފި، ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

ހުޅުމާލޭ ދެ ސަރަހައްދެއްގައި މާރާމާރީ ހިންގައިފި އެވެ. ފުލުހުން ބުނީ ފުރަތަމަ މާރާމާރީގެ ރިޕޯޓު ކުރީ މިރޭ 9:17 ހާއިރު ކަމަށެވެ. އެ މާރާމާރީ ހިންގާފައިވަނީ ފޭސް އެކެއްގެ ލައިރޭ ރެސްޓޯރެންޓު ކައިރީގައި ...

04 May 2022 | 17:51

ހުޅުމާލޭ ދެ ސަރަހައްދެއްގައި މާރާމާރީ ހިންގައިފި އެވެ.

ފުލުހުން ބުނީ ފުރަތަމަ މާރާމާރީގެ ރިޕޯޓު ކުރީ މިރޭ 9:17 ހާއިރު ކަމަށެވެ. އެ މާރާމާރީ ހިންގާފައިވަނީ ފޭސް އެކެއްގެ ލައިރޭ ރެސްޓޯރެންޓު ކައިރީގައި އެވެ.

މި މާރާމާރީގައި މީހަކަށް އަނިޔާވި ކަމެއް ނޭނގެ އެވެ.

ދެވަނަ މާރާމާރީ ހިންގާފައިވަނީ ބްރިޖު ކައިރީ ފޭސް ދޭއްގައި އެވެ. އެ މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ކުރީ 9:30 ގައި އެވެ.

ފުލުހުން ބުނީ ދެ ވަނަ މާރާމާރީގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެ ދެމީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ މި ދެ މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް