ޝައުނާ، ފައްޔާޒަށް ތާއީދު ކުރެއްވުމުން ނަޝީދު ކޯފަވެއްޖެ

އެންވަޔަރަމެންޓު މިނިސްޓަރު އާމިނަތު ޝައުނާ، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދު ކުރައްވަން ނިންމެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނ...

04 May 2022 | 17:46

އެންވަޔަރަމެންޓު މިނިސްޓަރު އާމިނަތު ޝައުނާ، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދު ކުރައްވަން ނިންމެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޯފާ ވެއްޖެ އެވެ.

ޝައުނާ މިއަދު ވިދާޅުވީ މިހާރު ހިނގަމުން މިދާ ރިޔާސީ ދައުރުގައި އަދި ހާސިލުކުރަން ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެކަންކަން ހާސިލް ކުރަންޖެހޭނީ ޕާޓީއާއިއެކުގައި ކަމަށާއި އަދި އެކަންކަން ވާނީ ފައްޔާޒާއި އެކު ކަމަށެވެ.

ޝައުނާގެ މި ވާހަކަފުޅާއި ގުޅިގެން ނަޝީދުގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް، އެމްޑީޕީ އަކީ ކޮބައިކަން ބަޔާން ކުރައްވަން ނޫޅުމަށް އެދިވަޑައިގެންނަވާ ކަމަށެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީގެ އާންމު މެމްބަރުންނަށް އެ ޕާޓީ އަކީ ކޮބައިކަން ވަރަށް ސާފު ވާނެ ކަމަށެވެ.

https://twitter.com/MohamedNasheed/status/1521801095257145344

ޝައުނާ މިއަދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ މުޅި ސިޔާސީ ހަޔާތް ބަދަލުކޮށްލި ޕާޓީއެއް ކަމަށާއި އަދި ރާއްޖޭގެ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތުވެސް ބަދަލުކުރުމަށް މުހިންމު ސިޔާސަތުތަކެއް ކަނޑައަޅައިގެން މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ. 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަމުގަ މުހިންމު ކަންތައްތަކެއް ހާސިލުކުރެވުނުކަން ޝައުނާ ފާހަގަކުރެއްވިއެވެ.

އޭގެ ތެރޭގައި އޭނާ ފާހަގަ ކުރެއްވީ ބޭސް ފަރުވާއަށް ސަލާން ޖެހުން ހުއްޓުވުން، އަތް ފޯރާ ފަށަށް ބޯހިޔާވަހިކަން ގެނައުން، ޓެކްސްގެ ނިޒާމު ތައާރަފު ކުރުމެެވެ. އެޒާތުގެ ވައުދުތަކުގެ ތެރޭގައި މި ސަރުކާރުން ފުއްދި ވައުދުތަކަކީ ހިލޭ ޑިގްރީއަށް ކިޔެވުމާއި މިނިމަމް ވޭޖު ތައާރަފު ކުރުން ހިމެނެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް