ހިޔާލުފާޅު ކުރައްވަން ޔާމީނުވެސް އެންމެ ފަހުން ޓުވިޓާއަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސޯޝަލް މީޑިއާ ނެޓްވޯކް، ޓުވިޓާ ބޭނުން ކުރަން ފައްޓަވައިފި އެވެ. ޔާމީން ޓުވިޓާ ބޭނުން ކުރަން ފެއްޓެވީ މިރޭގެ ވަގުތެއްގައި އެވެ. ޔާމީންގައި ޓުވިޓާގައި ޔޫސާ ނޭމްގެ ގޮތުގައި ބ...

04 May 2022 | 16:58

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސޯޝަލް މީޑިއާ ނެޓްވޯކް، ޓުވިޓާ ބޭނުން ކުރަން ފައްޓަވައިފި އެވެ.

ޔާމީން ޓުވިޓާ ބޭނުން ކުރަން ފެއްޓެވީ މިރޭގެ ވަގުތެއްގައި އެވެ. ޔާމީންގައި ޓުވިޓާގައި ޔޫސާ ނޭމްގެ ގޮތުގައި ބޭނުން ކުރައްވާފައިވަނީ ޕްރެސިޑެންޓް ޔާމީން ލިޔާއިރު ހުންނަ އިނގިރޭސި އަކުރުތަކެވެ.

މިހާތަނަށް ދެ ޓުވީޓެއް ކުރައްވާފައިވާއިރު ފުރަތަމަ ލިޔުއްވާފައިވަނީ ބިސްމި އެވެ. ދެވަނައަށް ގައުމީ ދިދަ އަކާއި އެކު އިނގިރޭސިން ލިޔުއްވާފައިވަނީ ދިވެއްސަކަށްވީތީ ފަހުރުވެރި ވާ ކަމަށެވެ.

ދެ ގަޑިއިރެއްހާ އިރު ތެރޭގައި ރައީސް ޔާމީންގެ ފޮލޯވަރުންގެ އަދަދު ވަނީ2،000 އާއި ގާތް ވެފައި އެވެ.

https://twitter.com/prz_ymn/status/1521856543313989633

ސިޔާސީ ފަރާތްތަކުން ހިޔާލު ފަޅު ކުރެއްވުމަށް މިހާރު އެންމެ ބޮޑަށް ބޭނުން ކުރައްވާ ވަސީލަތަކީ ޓުވިޓާ އެވެ. އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތަކާއި ކެމްޕެއިން ހަރަކާތްތައް ފުލުހުން ހުއްޓުވި ނަމަވެސް ޓުވިޓާގައި ފާޅުގައި ހިޔާލު ފަޅުކުރުމުގެ ސަބަބުން އެ ފަރާތްތަކުގެ އަޑު ފަނޑުވާގޮތެއް ނުވެ އެވެ.

ބެލެވޭ ގޮތުގައި ރައީސް ޔާމީންވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފަދަ ސިޔާސީ ލީޑަރުންހެން ހިޔާލު ފާޅު ކުރައްވަން އެންމެ ރަނގަޅު ގޮތަކީ ސޯޝަލް މީޑިއާ ކަމަށް ގަބޫލު ކުރަން ފެށީ ކަމަށް ބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް