ވައުދުތައް ފުއްދަން ޖެހޭނީ ޕާޓީއާއެކީގައި، އެކަންކަން ވާން އޮތީ ފަޔާއާ އެކީގައި: މިނިސްޓަރު ޝައުނާ

މިހާރު ހިނގަމުން މި އަންނަ ރިޔާސީ ދައުރުގައި އަދި ހާސިލުކުރާން ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި އެކަންކަން ކުރަންޖެހޭނީ ޕާޓީއާއިއެކުގައި ކަމަށާއި އަދި އެކަންކަން ވާނީ ފަޔާއާ އެކީގައި ކަމުގައި މި...

04 May 2022 | 13:01

މިހާރު ހިނގަމުން މި އަންނަ ރިޔާސީ ދައުރުގައި އަދި ހާސިލުކުރާން ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި އެކަންކަން ކުރަންޖެހޭނީ ޕާޓީއާއިއެކުގައި ކަމަށާއި އަދި އެކަންކަން ވާނީ ފަޔާއާ އެކީގައި ކަމުގައި މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާ މިހެން ވިދާޅުވީ ކުރިއަށް އޮތް، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މިނިސްޓަރު ފައްޔާޒް އިސްމާއިލް އެންޑޯޒްކުރައްވާ އާންމުކުރައްވާފައިވާ ވީޑިއޯ މެސެޖުގައެވެ.

ޗެއާޕާސަންގެ މަގާމަށް ފައްޔާޒް އިސްމާއިލް (ފަޔާ) އެންޑޯޒްކުރައްވައި ޝައުނާ ދެއްކެވި ވާހަަކަފުޅުގައި ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ މުޅި ސިޔާސީ ހަޔާތް ބަދަލުކޮށްލި ޕާޓީއެއް ކަމަށާއި އަދި ރާއްޖޭގެ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތުވެސް ބަދަލުކުރުމަށް މުހިންމު ސިޔާސަތުތަކެއް ކަނޑައަޅައިގެން މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.  2008 ވަނަ އަހަރު އުފެދުނު އަޅުގަނޑުމެންގެ ޕާޓީގެ ވެރިކަމުގަ މުހިންމު ކަންތައްތަކެއް އަޅުގަނޑުމެންނަށް ހާސިލުކުރެވުނުކަން ޝައުނާ ފާހަގަކުރެއްވިއެވެ.

އެގޮތުން ޝައުނާ ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި:

  • ބޭސްފަރުވާއަށް ރައްޔިތުން ސަލާންޖަހަމުން އައި ސަލާންޖެހުން ނިމުމަކަށް ގެނެވުން.
  • އަތްފޯރާވަރުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރަށް ލާޒިމުކަމެއްކަމުގައި ހަދާ، އެ ފަހުންއައި ކޮންމެ ސަރުކާރަކުން އެއީ ކުރަންޖެހޭކަމެއްކަމުގައި ވެގެން އައުން.
  • ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ޓެކްސްގެ ނިޒާމެއް ތައާރަފްކުރެވުން
  • މިއެވެ.

ޝައުނާ ވިދާޅުވީ 2018 ވަނަ އަހަރު މި އިންތިހާބުވީ އެމްޑީޕީ ސަރުކާރާއެކީގައި ހަމަ އެ ޒާތުގެ ސިޔާސަތުތައް ތަންފީޒުކުރަމުން އަންނައިރު މިހާތަނަށް ތަންފީޒުކުރެވުނު އެންމެ މުހިންމު ސިޔާސަތުތަކަށް ބަލާއިރު

  • މިހާރުވެސް 10 ހާސް ޒުވާނުންނަށް ހިލޭ ޑިގްރީއަށް ކިޔެވޭނެ ފުރުސަތު ސަރުކާރުން ފަހިކޮށްދިނުން.
  • އެތައް ހާސް ރިސޯޓް މުވައްޒަފުންނަށް އަޅުގަނޑުމެންނަށް މިވަނީ މިނިމަމް ވޭޖް ތައާރަފްކޮށް، އާމްދަނީގެ ވަސީލަތްތައް އިތުރުކޮށްދިނުން.

ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީން ވައުދުވެ ކުރަންހުރި ކަންކަން ވަރަށްވެސް ގިނަ. އަދި ކުރަންހުރި މަސައްކަތްތައް ކުރުމަށް، މި ނިމިގެން އަންނަ ރިޔާސީ ދައުރުގައިވެސް މަސައްކަތްތައް އެބަ ކުރަންޖެހޭ. ޕާޓީއާއި އެކީގައި މި މަސައްކަތްތައް ކުރަންޖެހޭނީ. 2023  ވަނަ އަހަރު އަޅުގަނޑުމެން އިންތިހާބު ކާމިޔާބުކުރުމަށްވެސް ކުރަން ވަރަށްގިނަ މަސަސއްކަތްތައް ކާމިޔާބުކުރާން އެބަހުރި " ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ އެކަންކަން ކުރާންޖެހޭނީ ޕާޓީއާއި އެކުގައި ކަމަށާއި ޖުމްލަކޮށް ބަލާއިރު މި ހުރިހާ ކަމެއް ކުރުމަށް ގަބޫލުކުރާގޮތުގައި ޗެއާޕާސަންކަމަށް އިންތިހާބުކުރުމަށް އެންމެ މުހިންމީ، އަދި މިކަން ކުރެވޭނެ ބޭފުޅަކީ ޝައުނާ  ގަބޫލުފުޅުކުރައްވާގޮތުގައި ފަޔާ ކަމަށެވެ.

"ފަޔާއާ އަޅުގަނޑާ އެކީގައި އެއްބަސްވާ ކަންތައް ވަރަށް މަދުވާނެ. ގިނަވާނީ ދެބަސްވާ ކަންކަން. އެހެންނަމަވެސް، ދެބަސްވެ، ޒުވާބުކޮށް، ވާހަކަ ބަދަލުކޮށް، ކަންތައް ނިންމަދޭ މީހެއްގެ ގޮތުގައި ފަޔާ ފާހަގަކުރެވެނީ. އަދި ކޮޅެއްގަ ޖައްސާ ބޭފުޅެއްގެ ގޮތުގައި ފަޔާ ފާހަގަކުރެވެނީ." ޝައުނާގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.

https://twitter.com/MdpHingaalan/status/1521802181476642817

މިނިސްޓަރު ޝައުނާގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި އެމްޑީޕީގެ އެތެރޭގެ އިސް ވަރުގަދަ ބޭބޭފުޅުން އަންނަނީ މި އިންތިހާބުގައި ފަޔާއަށް ތާއީދުކޮށް ފަޔާ އެންޑޯޒްކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް