ހޫނު ގަދަވެގެން އިންޑިއާގެ މަހާރާޝްޓްރާއިން މަހެއް ތެރޭގައި 25 މަރު

ހޫނު ގަދަވެގެން އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓުން25 މީހުން މަރުވެއްޖެ އެވެ. މި އެންމެން މަރުވެފައިވަނީ މިއަހަރުގެ އެންމެ ހޫނު ގަދަ މަސް ކަމަށް ރިކޯޑު ކުރެވިފައިވާ މާޗު މަހުގެ ފަހުކޮޅު އެވެ. އެ ސްޓޭޓަށް...

04 May 2022 | 12:21

ހޫނު ގަދަވެގެން އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓުން25 މީހުން މަރުވެއްޖެ އެވެ.

މި އެންމެން މަރުވެފައިވަނީ މިއަހަރުގެ އެންމެ ހޫނު ގަދަ މަސް ކަމަށް ރިކޯޑު ކުރެވިފައިވާ މާޗު މަހުގެ ފަހުކޮޅު އެވެ. އެ ސްޓޭޓަށް އެ ދުވަސް ވަރު40 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން މަތިވެފައިވެ އެވެ.

މަރުވި މީހުންނަކީ ފަގީރު އަވަށްތަކަށް ނިސްބަތްވާ މީހުންނެވެ.

ރިޕޯޓތުތައް ބުނާގޮތުގައި މިއީ މިދިޔަ ފަސް އަހަރު ތެރޭގައި އިންޑިއާއިން ހޫނު ގަދަވެގެން އެންމެ ގިނަ މީހުން މަރުވި ފަހަރެވެ.

އެ މަހު އިންޑިއާގެ ބިލިއަނަކަށްވުރެ ގިނަ މީހުން ގަދަ ހޫނު ތަހައްމަލް ކުރަން ޖެހުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް