ކަރަންޓު ބިލުގެ ޖޫރިމަނާ މައާފުކުރެވޭނެ އުސޫލެއް ސްޓެލްކޯއިން އެކުލަވާލަނީ

ސްޓެލްކޯއިން ދެމުން އަންނަ ކަރަންޓުގެ ހިދުމަތުގެ ބިލްތަކަށް އަރާފައިވާ ޖޫރިމަނާ މައާފުކުރެވޭނެ އުސޫލެއް އެކުލަވާލަމުން އަންނަކަން އެ ކުންފުނިން ހާމަކޮށްފިއެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަ...

04 May 2022 | 08:35

ސްޓެލްކޯއިން ދެމުން އަންނަ ކަރަންޓުގެ ހިދުމަތުގެ ބިލްތަކަށް އަރާފައިވާ ޖޫރިމަނާ މައާފުކުރެވޭނެ އުސޫލެއް އެކުލަވާލަމުން އަންނަކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް މިކަން ހާމަކުރެއްވީ ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގެ ރޭގެ ޕްރޮގްރާމްގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

ސްޓެލްކޯއާއި އަލަށް ހަވާލުވެލެއްވި އެމްޑީ ޝަރީފް ވިދާޅުވީ ސްޓެލްކޯއަކީ ދުޅަހެޔޮ ކުންފުންޏެއް ކަމަށާއި އެ ކުންފުނި ކުރިން ހިންގެވި ބޭފުޅުންވެސް އެ ކުންފުނި ހިންގާފައިވަނީވެސް ވަރަށް ރަނގަޅަށް ކަމަށެެވެ. އެހެންނަމަވެސް ރަނގަޅުކުރަންޖެހޭ ބައެއް ކަންކަން ކުންފުނީގައި އެބަހުރި ކަމަށެވެ.

އެ މޭރުމން ވާހަކަފުޅުދައްކަވަމުން ޝަރީފް ވިދާޅުވީ ބިލުގެ ޖޫރިމަނާ މައާފުކުރެވޭނެ އުސޫލެއް މިހާތަނަށް ހެދިފައިނެތުމުން އެކަމުގައި ރައްޔިތުން ބުރަ އުފުލަންޖެހޭކަން ފާހަގަކުރެވިފައިވާކަމަށެެވެ. އެހެންކަމުން އެކަމަށް ހައްލެއް ގެނައުމަށް އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަކަން އެމްޑީ ޝަރީފް ފާހަގަކުރެއްވިއެވެ.

ސަންގު ޓީވީގެ އެ ޕްރޮގްރާމްގައި ޝަރީފް އިތުރަށް ވިދާޅުވީ ސްޓެލްކޯގެ ހިދުމަތް ފުޅާކޮށް، ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ހަ ރަށެއްގައި ހުރި އިންޖީނުގެތަށް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް