ތާލިބާނުން ވެރިކަންކުރަމުން އަންނަ އަފްޣާނިސްތާނުގައި ކަނބަލުންނަށް ޑްރައިވިންގ ލައިސަންސް ދޫކުރުން ހުއްޓައިލަން ތާލިބާނުން އެ ގައުމުގެ ޑްރައިވިންގ އިންސްޓްރަކްޓަރުންނަށް އަންގައިފިއެވެ.
މި އެންގުން ތާލިބާނުން އަންގަމުން އަންނަނީ އަނގަބަހުންނެވެ. ކަނބަލުންނަށް އިތުރަށް ލައިސަންސް ނުދޭން އެންގިނަމަވެސް ކަނބަލުން ވެހިކަލް ދުއްވުން އަދި ހުއްޓުވަން ފަށާފައެއް ނުވެއެވެ. ނަމަވެސް މި އެންގުމަށްފަހު ތާލިބާނުން އެކަމަށްވެސް މަސައްކަތް ފަށާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބާ، ތާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ދިޔަފަހުން މިފަދަ ބައެއް ނިންމުންތައް އަންނަނީ ނިންމަމުންނެވެ. ހާއްސަގޮތެއްގައި ތައުލީމު ހާސިލުކުރުމަށް އަންހެނުންނަށް އޮންނަ ފުރުސަތުތައް އަންނަނީ ބަންދުކުރަމުންނެވެ. އެގޮތުން އަންހެން ކުދިންގެ ސްކޫލުތައް ބަންދުކޮށް ތައުލީމީ ފުރުސަތުތަކަށް ތާލިބާނުން އަންނަނީ ހުރަސް އަޅަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް