ކަނޑު ވަރަށްގަދަވާނެކަމަށް ލަފާކޮށް ދެކުނަށް ރީނދޫ ސަމާލު

ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް އެންމެ ދެކުނުގެ ހަތަރު އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާ (މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް) މެޓުން، މި އެލާޓް ނެރެފައި...

04 May 2022 | 07:42

ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް އެންމެ ދެކުނުގެ ހަތަރު އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާ (މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް) މެޓުން، މި އެލާޓް ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށެވެ.

މި އެލާޓުގައި ބުނެފައިވަނީ މިއަދު މެންދުރު 12:15 އާއި ހަވީރު 4:30 އާއި ދެމެދުގެ ވަގުތުތަކުގައި ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށްގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

އެންމެ ދެކުނުގެ ހަތަރު އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވާއިރު މެޓުން ލަފާކުރާގޮތުގައި މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށްވެސް ލަފާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް