ފަސް ހާހަށްވުރެ ގިނަ ދަރިވަރުންނާއެކު މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި

5،000 ވުރެ ގިނަ ދަރިވަރުންނާއެކު މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނީ މި އަހަރުގެ އޯލެވެލް އިމްތިހާން ކުރިއަށް ގެންދަން ނިންމާފައިވަނީ މިއަދުން ފެށިގެން ޖޫ...

04 May 2022 | 07:24

5،000 ވުރެ ގިނަ ދަރިވަރުންނާއެކު މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނީ މި އަހަރުގެ އޯލެވެލް އިމްތިހާން ކުރިއަށް ގެންދަން ނިންމާފައިވަނީ މިއަދުން ފެށިގެން ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އަދި މި އިމްތިހާނުގެ ސުވާލުކަރުދާސްތައް ސެންޓަރުތަކަށް ގެންދިޔުމުގެ މަސައްކަތް މިދިޔަ އޭޕްރީލްމަހުގެ 20 ވަނަދުވަހުން ފެށިގެން 29 ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންގޮސްފައިވާ ކަމަށް އެޑިޔުކޭޝަނުން ހާމަކުރެއެވެ.

އެހެންނަމަވެސް މި އިމްތިހާނުގައި އާޓް އެންޑް ޑިޒައިން ޕޭޕަރ ހަދާ ދަރިވަރުންގެ އިމްތިހާނު މިދިޔަ އޭޕްރީލްމަހުގެ 13 އަދި 14 ގައި ވަނީ ކުރިއަށް ގެންގޮސްފައި ކަމަށް އެޑިޔުކޭޝަނުން ބުނެއެވެ.

މިގޮތުން އާޓް އެންޑް ޑިޒައިން ޕޭޕަރ ރާއްޖޭގެ އެކި ކަންކޮޅުތަކުން 181 ދަރިވަރުންވަނީ ހަދާފައެވެ. މި އަހަރު އޯލެވެލް އިމްތިހާނުގައި 5939 ދަރިވަރުން ބައިވެރިވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި އަހަރުގެ އޯލެވެލް އިމްތިހާންގައި ރާއްޖޭގެ 239 ސެންޓަރަކުންނާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައި އާއި އަދި މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވާ ދަރިވަރުން ވެސް ބައިވެރިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް