އެސްޓީއޯއިން ބިސް ކޭހެއް 100 ރުފިޔާއަށް ވިއްކަން ފަށައިފި އެވެ.
އެސްޓީއޯއިން ބުނީ އެކުންފުނިން ވިއްކާ ބިސް ކޭހަކުން 155 ރުފިޔާ ހެޔޮކޮށްފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން ހެޔޮކުރި އަގުގައި އެސްޓީއޯ ސުޕަމާޓުންނާއި އަތޮޅު ތެރޭގެ ފިހާރަތަކުން ބިސް ކޭސް 100 ރުފިޔާއަށް ވިއްކަމުންދާނެ ކަމަށެވެ.
މި ރޯދަ މަސް ފެށުނީންސުރެ އެސްޓީއޯއިން ބިސް ކޭހެއް ވިއްކަމުން ދިޔައީ 255 ރުފިޔާ އަށެވެ. ބިސް ކޭހެއް ވިއްކާ އަގު މިހާބޮޑަށް ހެޔޮ ކުރި ސަބަބެއް ނުބުނެ އެވެ.
އެ ކުންފުނީގެ ސުޕަމާޓުން ވަކިން ބިހެއް ވިއްކަނީ 1.40 ރުފިޔާ އަށެވެ.
އެސްޓީއޯ އިން ވަނީ ފިޔާގެ އަގު ވެސް މިދިޔަ މަހު 100 ރުފިޔާ. އަށް ކުޑަކޮށްފަ އެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި ރޯދަމަސް ނިމެންދެން ފިޔާ، ބިސް އަދި އަލުވި ހުސް ނުވެ ލިބޭނެ އެވެ. ބާޒާރުގައި އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް