އާ ވޭރިއެންޓެއް އަޔަސް މޫވްމެންޓް މަދު ނަމަ ކޯވިޑްގައި މިހާލަތަކަށް ނުދާނެ

އާ ވޭރިއެންޓުތަކެއް އަޔަސް މޫވްމެންޓު މަދު ނަމަ ކޯވިޑް-19ގައި ނުރައްކާތެރި ހާލަތަކަށް ނުދާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވ...

04 May 2021 | 18:19

އާ ވޭރިއެންޓުތަކެއް އަޔަސް މޫވްމެންޓު މަދު ނަމަ ކޯވިޑް-19ގައި ނުރައްކާތެރި ހާލަތަކަށް ނުދާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ ވިދާޅުވީ ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރެވޭނީ މޫވްމެންޓު ނުވަތަ އެއްވުންތަކާއި ހޭލަމޭލަވެ އުޅުން މަދު ކޮށް، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ. އޭނާ ވިދާޅުވީ ބޭރު ގައުމުތަކުގަވެސް ބަލި ކޮންޓްރޯލްވެފައި އޮތުމަށް ފަހު އަނެއްކާވެސް ވައިރަސް ފެތުރުން އިތުރުވީ އެ ސަބަބާއި ހެދި ކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ އެންމެ ހަލުވި ކަމާއިއެކު ކޯވިޑް ފެތުރެމުންދާ އިންޑިއާގައި އާ ވޭރިއެންޓެއް އުޅޭކަން އެނގުނީ މިދިޔަ އަހަރުގެ ފަހުކޮޅުގައި ކަމަށެވެ. އެކަމަކު އާބާދީ އާއި ސިއްހީ ހިދުމަތަށް ނުކަތާވަރަށް މީހުން ކޯވިޑް ޕޮސިޓިވްވާން ފެށި އެއްވުންތައް ގިނަވެ ހަރަކާތްތައް އިތުރުވުމުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކަމަށެވެ.

އިންޑިއާގައި މިހާބޮޑަށް ކޯވިޑް ފެތުރެން ފެށީ ސްޓޭޓް އިންތިހާބާއި ހިންދޫ ދީނުގެ ބޮޑު އެއްވުމަކާއި ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

(ތަފްސީލް އަންނަނީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް