ރެކޯޑަކަށް ފަހު ރެކޯޑެއް، މިއަދު 601 މީހުން ކޯވިޑަށް ޕޮސިޓިވް

ކޯވިޑް-19 އަށް އިތުރު 601 މީހުން ޕޮސިޓިވް ވެއްޖެ އެވެ. މިއީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވްވި ދުވަހެވެ. މިއަދު މާލެ ޕޮސިޓިވްވެފައިވަނީ 440 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދި...

04 May 2021 | 17:41

ކޯވިޑް-19 އަށް އިތުރު 601 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

މިއީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވްވި ދުވަހެވެ.

މިއަދު މާލެ ޕޮސިޓިވްވެފައިވަނީ 440 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 141 މީހަކު ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން 19 މީހަކު ޕޮސިޓިވްވެފައިވެ އެވެ. ދެން ޕޮސިޓިވްވެފައިވަނީ އިންޑަސްޓްރިއަލް ރަށްތަކުން 11 މީހުންނެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައި ވަނީ 4،552 ސާމްޕަލެވެ.

މިވަގުތު 6،508 މީހަކަށް ކޯވިޑް ޖެހިގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 181 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރު ތެރޭގައި 126 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިއާއި އެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 25،340 އަށް އަރާފައި އެވެ.

ކޯވިޑް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 74 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ 31،931 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް