ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ އުސޫލޫތަކާއި އެމް.އެމް.އޭ ގެ އިއުލާނާއި އެއްގޮތްވާ ގޮތުގެ މަތިން ހިިދުމަތްދިނުމަށްޓަކައި 5 މެއި އިން ފެށިގެން 15 މެއި 2021 އާ ހަމަޔަށް ބޭންކް އޮފް މޯލްޑިވްސް ހުޅުވިފައި ހުންނަ ދުވަސްތަކަށް ބަދަލު ގެނެސްފިއެވެ.
ބީއެމްއެލް އިން ބުނެފައިވަނީ، މި މުއްދަތުގައި ބީއެމްއެލްގެ ބްރާންޗް ތަކާއި ސަރވިސް ސެންޓަރތައް ހުޅިވިފައި ހުންނާނީ ހޯމަ ދުވަހާއި ބުދަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:00 އަށް ކަމަށެވެ.
މީގެ އިތުރުން، އަސާސީ ހިދުމަތްތައް ފޯރިކޮށްދިނުމަށް ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުމާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމަށް ހަމަޖެހިފައި ވެއެވެ، ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރެވޭ ޗެކްތައް ހަފްތާ ބަންދާއި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ޕްރޮސެސް ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މާލޭ ސިޓީގައި ބޭންކިންގ ހިދުމަތް ހޯއްދެވުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނެގުމަށާއި ހިދުމަތް ހޯއްދެވުމަށް ބޭންކަށް ދިއުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިބި ކަސްޓަމަރުންގެ އަދަދު ޗެކްކޮށްލުމަށް ބީއެމްއެލް އިން އެދިފައިވެއެވެ.
ބީއެމްއެލްގެ އެކައުންޓް އޯޕެނިންގ ސެންޓަރ، ލޯން ސެންޓަރ އަދި ބިޒްނަސް ސެންޓަރތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށެވެ. ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެއެވެ.
https://www.bankofmaldives.com.mv/book-appointment
ބީއެމްއެލްއިން އެންމެ އިސްކަމެއްދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށްވާއިރު، ކަސްޓަމަރުން ގޭގައި ތިބެގެން ބޭންކިންގ ހިދުމަތް ބޭނުންކުރައްވައި، އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުންކުރުމަށް ބީއެމްއެލްއިން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް