ލ. ފޮނަދޫން އިތުރު މީހަކު ޕޮޒިޓިވް ވެ އެ ރަށުން ޕޮޒިޓިވް ވެފައިވާ ޖުމްލަ އަދަދު 14 އަށް އަރައިފިއެވެ.
ފޮނަދޫ ސިއްހީ މަރުކަޒުން ބުނެފައިވާގޮތުގައި ޕޮސިޓިވްވެފައިވަނީ ފޮނަދޫގައި ދިރިއުޅެމުންދާ ދިވެއްސެކެވެ.
"އެ ފަރާތަކީ 24 އޭޕްރީލް 2021 މަހަށް ފުރުމަށްފަހު ރޭގެ ވަގުތެއްގައި ފޮނަދޫއައުމަށްފަހު ބަލީގެ އަލާމާތްތައް ހުރުމުން ސާމްޕަލް ނެގުމަށްފަހު މިވަގުތު ކަރަންޓީނުގައި ހުރި ފަރާތެއް." ފޮނަދޫ ސިއްހީ މަރުކަޒުން ބުނެފައިވެއެވެ.
ފޮނަދޫގައި ޕޮޒިޓިވްވެފައިވާ އަދަދު 14 އަށް އަރާފައިވާއިރު މިއަދު ޕޮޒިޓިވް ވި ކޭސް ފިޔަވާ ދެން ހުރި ކޭސްތަކަކީ އެ އަތޮޅު މާންދޫ އުފެދުނު މާންދޫ ކްލަސްޓާއާއި ގުޅުންހުރި ކޭސްތަކެއް ކަމުގައި ކުރިން ބުނެފައިވެއެވެ. ނަމަވެސް މިއަދު ޕޮޒިޓިވް ވި ބިދޭސީ މީހާއާއި މާންދޫ ކްލަސްޓާއާއި ގުޅުމެއް އޮތްކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން މިއަދު ލ. ގަމުން އިތުރު 10 މީހަކު ޕޮޒިޓިވް ވެފައިވާއިރު އެ 10 މީހުންގެ ތެރެއިން އެކަކީ ފްލޫ ކްލިނިކަށް ދެއްކި ބަންގްލަދޭޝް ރައްޔިތެއް ކަމަށާއި އަނެއް ނުވަ މީހުންނަކީ ގަމަށް ނިސްބަތްވާ ނުވަ މހުން ކަމުގައި އަލީ ނަޝިދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް