ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ޓުވީޓާއިން ދާއިމީކޮށް ބޭރުކޮށްފި އެވެ.
މިފަހަރު "ދާއިމީ" ކޮށް ކަންގަނާ ޓުވިޓާއިން ސަސްޕެންޑުކޮށްފައި މިވަނީ އޭނާ ކުރާ ޓުވީޓުތަކާއި ގުޅިގެން މީގެ ކުރިން ތަފާތު އިންޒާރުތައް ޓުވިޓާއިން ދިނުމަށް ފަހު އެވެ. އެގޮތުން މީގެ ކުރިން ތަފާތު ކަންކަމާއި ބެހޭގޮތުން ކަންގަނާ ކޮށްފައިވާ ޓުވީތުތައް ބައެއް ފަހަރު އާންމުކޮށް ނުފެންނާނެ ގޮތް ޓުވީޓާއިން ހަދާފައިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ދާއިމީކޮށް ޓުވީޓާއިން ކަންގަނާ ބޭރު ކުރަން އިންޑިއާގެ ވެސްޓް ބެންގާލްގައި ބޭއްވި އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ ބީޖޭޕީ އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހި މަމްތާ ބެނަޖީގެ ޓީއެމްސީން އިންތިހާބު ކާމިޔާބުކުރުމާ ގުޅިގެން ކަންގަނާ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އޭނާ ބުނެފައި ވަނީ ޓީއެމްސީން އުޅެނީ ވެސްޓް ބެންގާލް އަންދާލައި ހަލާކުކޮށްލަން ކަމަށާއި އެހެންވެ ގަދަބާރުން ނަމަވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބީޖޭޕީން ވެސްޓް ބެންގާލް ހޯދަންޖެހޭ ކަމަށެވެ.
އޭނާގެ ޓްވިޓާ ސަސްޕެންޑު ކުރުމުން ރުޅިއައިސްގެން ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ކަންގަނާ ވަނީ ޓްވިޓާގެ ނިންމުމަށް ފާޑުކިޔައި ބަހުގެ ހަމަލާތައްދީފަ އެވެ. އޭނާ ސިފަކުރި ގޮތުގައި އެ އަމަލަކީ ހިޔާލުފާޅުކުރަން އޮތް މިނިވަންކަމަށް އަރައި ގަނެ، ޑިމޮކްރަސީ ވެސް މަރައިލުމެވެ.
https://www.instagram.com/tv/COcO8vyhlbG/?utm_source=ig_embed
ކަންގަނާ ބޮލީވުޑްގައިވެސް އަދި އިންޑިއާގައިވެސް މިހާރު ބޮޑަށް މަޝްހޫރުވެފައިވަނީ ބެހެން ނުޖެހޭ ކަންކަމާ ބެހޭ މީހެއްގެ ގޮތުގައި އެވެ. އެގޮތުން އޭނާ އާއި ގުޅުން ނެތް ކަންކަމުގެ ތެރެއަށް އަނގަބާނާ ހިޔާޅު ފަޅު ކުރާތީ ގިނަ ބަޔަކު އޭނާއަށް ނުރުހުން ފަޅު ކުރެ އެވެ.
ކަންގަނާ އެކަންކަން ސިފަކުރަނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގޮތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް