ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އިސް ގާޒީ ޝަކީލްގެ މައްސަލައެއް ތަހުގީގު ކުރަން ނިންމީ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގައި ކަނޑައެޅިގެން ގާނޫނާ ހިލާފަށް އޭނާ އަމަލުކުރި ކަމަށް ބުނާ މައްސަލައެއްގައި ކަމަށެވެ.
އެ މައްސަލަ ބެލުމަށްޓަކައި ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މިދިިޔަ އަހަރު އިސް ގާޒީ ކަމަށް އައްޔަން ކުރެއްވި ޝަކީލްގެ އިތުރުން ކްރިމިނަލް ކޯޓުގެ އެހެން ބައެއް ފަނޑިޔާރުންގެ މައްސަލަ ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
އެގޮތުން ގާޒީ ހަސަން ސައީދުގެ މައްސަލައެއް ވެސް އެ ކޮމިޝަނުން މިހާރު އެބަ ބަލަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް