ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ހިފެހެއްޓި، އަދި މިހާރުވެސް ދުނިޔޭގެ ހަތަރުވަނައަށް އެންމެ މުއްސަނދި މީހާ، ބިލް ގޭޓްސް ސިންގަލް ވެއްޖެއެވެ.
ބިލް ގޭޓްސް ސިންގަލް މިހާރު ވަނީ ހާމަކޮށްފައެވެ.
މިކަން ހާމަކޮށް ބިލް ގޭޓްސް ބުނެފައިވަނީ ވަރަށް ވިސްނާ، މަޝްވަރާ ކޮށް، އަދި އެ ދެމަފިރިންގެ ގުޅުން ކުރިއަށްގެންދިއުމަށް ވަރަށް މަސައްކަތް ކުރުމަށްފަހު އެ ގުޅުން ނިމުމަކަށް ގެންނަން ނިންމާފައިވާކަމަށެވެ. ވަރިވާން ނިންމި ކަމުގައި ވިޔަސް އެދެމީހުންގެ ނަމުގައި ހަދާފައިވާ ”ބިލް ގޭޓްސް އަދި މެލިންޑާ“ ފައުންޑޭޝަން އުވިގެން ނުދާނެ ކަމަށާއި އަދި އެ ފައުންޑޭޝަންގެ މަސައްކަތުގައި ދެމީހުން ވެސް ބައިވެރިވާނެ ކަމުގައިވެސް ބުނެފައިވެއެވެ.
ބިލް ގޭޓްސް އާއި މެލިންޑާ ފްރެންސްގެ ކައިވެނި ނިމުމަކަށް ގެނެސްފައިމިވަނީ 27 އަހަރު އެކުގައި ހޭދަކުރުމަށްފަހުގައެވެ. ބިލް އާއި މެލިންޑާގެ ތިން ދަރިން ތިބެއެވެ. މިހާރުވެސް ބިލްގެ މިލްކިއްޔާތުގައި 145 ބިލިޔަން ޑޮލަރު ހުރިކަމަށް އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް