ފިޝަރީޒް މިނިސްޓަރު ކަމުން ޒަހާ ވަހީދު ވަކިކުރިކަމާއިމެދު ސުވާލު އުފެދިއްޖެއެވެ.
ރޭގައި ހަބަރު ފެތުރުނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޒަހާއަށް ގުޅުއްވައި ޒަހާ ފިޝަރީސް މިނިސްޓަރު ކަމުން ވަކިކޮށް ރައީސް އޮފީހަށް ބަދަލުކުރިކަމަށް ޒަހާއަށް އެންގި ކަމަށެވެ.
ނަމަވެސް ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޒަހާ މިއަދުވެސް ފިޝަރީޒް މިނިސްޓްރީގެ ވަޒީފާއަށް ނިކުމެފައިވެއެވެ.
https://twitter.com/agronationalmv/status/1389499123074682889
މިކަމުގައި ރައީސް އޮފީހުންވެސް ރަސްމީ ސިފައެއްގައި އަދި އެއްވެސް އެންގުމެއް އަންގާފައެއް ނުވެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ފޯނު ނުނަންގަވާތީ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ. އަދި ރައީސް އޮފީހާއި މީޑިއާތަކާއެކު ހަދާފައި އޮންނަ ގްރޫޕްގައި ތަކުރާރުކޮށް މިކަމާއިމެދު ސުވާލު ކުރުމުންވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ. ޒަހާ އަދި ޒަހާ ނިސްބަތްވާ، އެމްއާރުއެމްއިންވެސް ފޯނަށް ޖަވާބު ނުދޭތީ އެ ފަރާތްތަކުގެ ކޮމެންޓެއްވެސް ވަނީ ލިބޭގޮތް ނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް