މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލީ ވެކްސިން ސްޓޮކް މަދުވުމުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން މިއަދު ބުނީ މާލޭގައި އާންމުކޮށް ކޮވިޝީލްޑް ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. ވެކްސިން ޖަހަން އަލުން ފަށާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ ފަހުން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާންމުކޮށް ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލީ ރާއްޖޭގައި ހުރި ވެކްސިން ސްޓޮކް މަދުކަމުން ކަމަށެވެ. އަދި އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދާ އަވައްޓެރި އިންޑިއާގައި ކޯވިޑް-19 ފެތުރޭލެއް ހަލުވި ކަމުން އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށްވެސް ވެކްސިން ހޯދުމުގައި ދަތިތަކައި ކުރިމަތިވެފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ އާންމުކޮށް ވެކްސިން ދިނުން ހުއްޓާލީ ކޮވިޝީލްޑްގެ އިތުރު ޝިޕްމެންޓެއް ރާއްޖެއަށް ލިބެންދެން ކަމަށެވެ. އެކަމަކު މި މި މުއްދަތުގައި އެމަޖެންސީކޮށް ވެކްސިން ޖަހަން ޖެހޭ ފަރާތްތަކާއި ބަލިހާލަތު ހުރި ގޮތުން ވެކްސިން ޖަހައިދޭން ޖެހޭ ފަރާތްތަކަށް ކޮވިޝީލްޑް ވެކްސިން ޖަހައިދެމުންދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް