ކޮވިޑާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަސްދުވަހުގެ މުއްދަތަށް ދިގުދަންމާލައިފިއެވެ.
އެގޮތުން އެ މުއްދަތު ދިގުދަންމާލާފައިވަނީ ޖޫން މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮވިޑާއި ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރުގެ މާރިޗް މަހުގެ 12 ވަނަ ދުވަހުގައެވެ. މިއީ މި ހާލަތުގެ މުއްދަތު ދިގުދަންމާލި 13 ވަނަ ފަހަރެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލާތުގެ މުއްދަތު އިތުރު މަހަކަށް ދިގުދަންމާލާފައިވާއިރު، ރާއްޖޭގައި ކޮވިޑުގެ ހާލަތު ކުރިން ގޯސް ނުވާވަރަށް މިވަނީ ގޯސްވެފައެވެ. އެގޮތުން ދުވާލަކު މިހާރު ޕޮޒިޓިވް ވާ އަދަދު އުޅެނީ 500 އިން މަތީގައެވެ.
އަދަދު މަތިވުމާއެކު އަނެއްކާވެސް ރާއްޖޭގައި ފިޔަވަޅުތައް މިވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާއިރު އަތޮޅުތަކުގައި އެއް ރަށުން އަނެއް ރަށަށް ދިއުން ވަނީ މަނާކޮށްފައެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ވުމުން ދަތުރުކުރެވޭގޮތަށް އޮތް އޮތުންވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް