ހަލާކުވެ ނިމިގަންނަނީ އަމިއްލައަށް ކަމަށާއި އެކަމަށް އިދިކޮޅެއް ބޭނުން ނުވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވި އިރު އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ހިންގާ ސަރުކާރު ތެރޭގައި މިހާރު ވެސް އެކި މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އޭގެ ތެރޭގައި ސަރުކާރު ހިންގުން ލަސްވެ ކަންކަމުގައި އެދެވޭ ނަތީޖާތައް ނުނެރެވޭ މައްސަލައާއި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ އިދާރާާތަކާއި ދެމެދު ހުރި ޚިޔާލު ތަފާތުވުންތައް ފާހަގަކޮށްލެވެއެވެ.
ސަރުކާރު ހިންގުން ލަސްވުމުގައި ދިމާވާ ބައެއް ކަންކަމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގެ ސްޕީޑުގައި އަޅުވާއިރު، މަޖިލީހުން އަންނަނީ އެކަންކަން ދޮގުކުރަމުންނެވެ. އެއް އާއިލާއެއްގެ ދެބުޅާ ކޯޅެނީއެވެ.
https://twitter.com/nihad_m/status/1389206372915367938?
އޭޕްރީލް މަހު ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއާއި، ސަރުކާރު ކޯލިޝަނުގެ އެހެން ޕާޓީތަކަށް އެކަށީގެންވާ ކާމިޔާބީއެއް ލިބިފައި ނުވާތީ އެކަމަށް ރިއާޔަތްކޮށް ސަރުކާރުގެ ހިންގުމަށް ބަދަލުތަކެއް ގެނައުމަށް ވެސް ރައީސް ސާލިހު މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
އެކަމުގައި ކޯލިޝަނުގެ ބައިވެރިންނާ ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުނެފައިވާއިރު ހޯމަދުވަހުގެ ރޭ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވަނީ މަގާމުން ވަކިކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް