ރިސޯޓުތަކުގެ 25 ޕަސެންޓު މުވައްޒަފުން ވެކްސިން ދެ ޑޯޒު ފުރިހަމަ ކޮށްފި

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 25 ޕަސެންޓު މުވައްޒަފުން ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ. ޓޫރިޒަމް ދާއިރާގައި މަސައްކަތް ...

04 May 2021 | 09:05

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 25 ޕަސެންޓު މުވައްޒަފުން ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޯވިޑް-19 ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ ރިސޯޓް މުވައްޒަފުންގެ ތެރެއިން 99 ޕަސެންޓު މުވައްޒަފުންނަށް މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށެވެ. އަދި ކޯވިޑުން ރައްކާތެރިވުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއެކު ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

https://twitter.com/MoTmv/status/1389266945245995010

ވެކްސިން ޖަހާފައިވާ ބަޔަކު އުޅޭ މަންޒިލަކަށް ރާއްޖެ ހެދުމަށް "އަހަރެން ވެކްސިން ޖަހައިފިން" ނުވަތަ "އައިއޭމް ވެކްސިނޭޓެޑް" ގެ ނަމުގައި ކެމްޕެއިނެއްވެސްވަނީ ދާދިފަހުން ފަށާފައެވެ.

މި ކެމްޕެއިނަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން އިސްނަގައިގެން ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ފަށާފައިވާ ކެމްޕެއިނެކެވެ. މިިިކެެމްޕެއިންގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ވެކްސިން ޖަހައި މުޅި ދުނިޔޭންވެސް އެންމެ ފުރަތަމަ "ފުލީ ވެކްސިނޭޓެޑް" ޓޫރިޒަމެއް ޤާއިމްކުރާ ޤައުމަށް ރާއްޖެ ހެދުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް