ހއ. ހޯރަފުށިގައި ގެސްޓުހައުސްތަކެއް ތަރައްގީކުރުމަށް ނިންމައި ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ.
ހޯރަފުށި ކައުންސިލް އިދާރާއިން އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގެސްޓު ހައުސްތަކެެއް ގާއިމްކުރުމަށް ބިން ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ލީޒް، ޑިވެލޮޕްމެންޓް އެންޑް އޮޕަރޭޝަން އުސޫލުން ހިންގުމަށް ހަ ގެސްޓްހައުސް ގާއިމްކުރުމަށް ހުޅުވާލުމަށްް ނިންމާފައިވާކަމަށް އެ އިއުލާނުގައިވެއެވެ.
މި މަޝްރޫއުގެ ދަށުން ގެސްޓްހައުސް ގާއިމްްކުރުމަށް ޝައުވެރިކަން ހުރި ފަރާތްތަކަށް މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ޕްރީ ބިޑް ސެޝަންގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވަލާފައި ކަމަށް އެ އިއުލާނުގައިވެއެވެ.
މި ޕްރޮޖެކްޓުގެ ބިޑް ޑޮކިއުމެންޓުގެ އަގަކީ 500ރ. ކަމަށާއި، ބިޑް ހުށަހަޅަން ޖެހެނީ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 1:00 އަށް ހޯރަފުށީ ކައުންސިލް އިދާރާ އަށް ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައިވެފައެވެ. ބިޑު ހުށަހަޅަން ޖެހޭނީ ކޮންމެ ބިމަކަށް ވެސް ވަކިންނެވެ.
މީގެ ކުރިން ވެސް ވަނީ ގެސްޓުހައުސް އެޅުމަށް އެރަށުން ހަތް ބިމެއް ދޫކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް