ކޯވިޑް-19 ފެތުރޭތީ ބަންދުކުރަން ނިންމާފައި ވަނީ ހަމައެކަނި މާލެެ ސަރަހައްދުގެ ސްކޫލްތައް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާާމަކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މާދަމާ އިން ފެށިހެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަަލަށް މާލެެ ސަރަަހައްދުގެ ސްކޫލްތައް ބަންދުކޮށް ކްލާސްތައް އޮންލައިންްކޮށް ކުރިއަށް ގެންދިއުމަަށް ނިންމާފައިވާ ކަމަށެވެ.
ގްރޭޑް 12 އާއި ހަމައަށް އޮންލައިންކޮށް ކްލާސްތައް ގެންދިއުމަށް ހަމަޖެހިފައިވީ ނަަަމަވެސް އިމްތިހާންތައް ކުުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ކުރި އިއުލާންގައި ވެއެވެ.
މިއަހަރު މާލޭގެ ސްކޫލްތަކުގައި މިހާރު ކިޔަވައި ދެމުން އަންނަނީ ދަށް ގްރޭޑްތަކުގެ ކުދިން ސްކޫލަށް ގޮސް ކިޔެވުން ކުރިއަށް ނުގެންދާތާ އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ.
މާލެ ސަރަހައްދުގައި ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށާ، ސަރުކާރު އޮފީސްތައް ވެސް ބަންދު ކުރަން ވަނީ ނިންމާފައެވެ.
މީގެ އިތުރުން މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު) ގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފައެވެ.
ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމަށާއި (މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން) ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ޞިނާޢީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުމާއި، އެ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން (ޞިނާޢީ މަސައްކަތްތައް ކުރާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން) ވެސް މިރޭ އިއުލާން ކުރި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.
އަދި އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނާއި ވާރކްޕާމިޓް ހޯލްޑަރުން 14 (ސާދަ) ދުވަހުގެ މުއްދަތަށް ކަރަންޓީނު ފުރިހަމަކޮށް ޕީ.ސީ.އާރު ޓެސްޓް ހެދުމަށް ވަނީ އަންގާފައެވެ.
ވެކްސިންގެ ދެޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމަށް ދެވިފައިވާ ލުއިތައް މެދުކަނޑައިލަން ވެސް ވަނީ މިހާރު ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް