މާލޭގައި އާންމުކޮށް ކޮވިޝީލްޑް ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފި

މާލެ ސަރަހައްދުގައި އާންމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލައިފި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއީ ވަގުތީ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. މާލެ ސަރަހަ...

04 May 2021 | 07:58

މާލެ ސަރަހައްދުގައި އާންމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއީ ވަގުތީ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖަހަން އަލުން ފަށާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

އެޗްޕީއޭއިން މިހެން ބުނެފަ މިވަނީ ރާއްޖޭގައި ދެމުން އަންނަ ކޮވިޝީލްޑް ވެކްސިނުގެ އަދަދު މަދުވެެފައިވާކަން ހެލްތު މިނިސްޓްރީންނާއި، ހެލްތު ޕްރޮޓެކްޝަންް އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާޏު މުހައްމަދު މަބްރޫކް ވިދާޅުވެފައި ވަނިކޮށެވެ. އެކަމަކު މިވަގުތު ހުރީ ކިހާ އަދަދެއްގެ ވެކްްސިނެއް ކަމެއް އަދި ސާފު ނުވާކަމަށް މަބްްރޫކް ވިދާޅުވިއެވެ.

https://twitter.com/HPA_MV/status/1389487189667483649

(ތަފްސީލް އަންނަނި)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް